Sunday, October 5, 2008

އުމަރު ނަސީރު ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައިފި

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަސީރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ.މާވަށަށް ވަޑައިގެން މިރަށު މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވާ ރަށުގެ އާންމު ހާލަތު ބައްލަވައިލައްވައިފިއެވެ. އަދި މިރަަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި '' ތިބޭފުޅުންނަށް ދިމާވެފައިވާ ޑްރަގްގެ މައްސަލަތަކާއި ގޯތިގެދޮރުގެ މައްސަލަތަކާއި ސިއްހީ މައްސަލަތަކާއި ދީނީ ކަންތައްތައް ފަދަ ބޮޑެތި މައްސަލަތައް ހަމަޖެއްސޭނީ މިހާރު ކުރިމަތިލައްވާފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން ހަމައެކަނި އަޅުގަނޑަށް ކަމުގައި އުމަރު ނަސީރު ވިދާޅުވިއެވެ.'' އެހެންވީމާ ދިވެހިރާއްޖޭގެ ވެރިއަކަށް މިފަހަރު ވޯޓް ދެއްވާ އިރު 6 ނަމްބަރ ކެންޑިޑޭޓްގެ ގޮޅީގައި ރަގަޅު ފާހަގަ ޖެއްސެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Saturday, October 4, 2008

ރާއްޖެއިން ބޭރުން އެތެރެ ކުރާ މަސްވެރިކަމާއި ބެހޭ ސާމާނުގެ ޑިޔުޓީ މާފްކޮށްދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ގއ.ދާންދޫގައެވެ. ދާންދޫއަށް ވަޑައިގެންނެވީ މިއަދު (2008 އޮކްޓޯބަރު 04 ވަނަ ދުވަހުގެ) 15:30 ގައެވެ. މިރަށަށް ވަޑައިގެންނެވިއިރު އުމަރު ނަސީރު އަށް މަރުހަބާ ދެންނެވުމަށް މިރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮނޑުދޮށަށް ވަޑައިގެން ތިއްބެވެ. މަރުހަބާ ދެންނެވުމަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ފަހު ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވާ ރަށުގެ އާންމު ހާލަތު ބައްލަވާ ލެއްވިއެވެ. އަދި އެއަށްފަހު މިރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ލޯކަލް ގަވާރމަންޓް ޤާއިމް ކުރުމުން އެކަމުގެ ސަބަބުން ދާންދޫއަށް ބޮޑެތި ފައިދާ ތަކެއް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން މަސްވެރިކަމަށް ދޯނި ފަހަރު ބަނުމަށް ގެންނަ ލަކުޑިއާއި ދޯނު ފަހަރުގައި ބެހެއްޓުމަށް ގެންނަ އިންޖީނު ފަދަ ހުރިހާ އެއްޗެއްގެ ޑިޔުޓީ މާފްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދިވެސް އެމަނިކުފާނުގެ ދިނީ ސިޔާސަތު، ލޯކަލްގަވާރމަންޓްގެ ސިޔާސަތު އަދި ޑްރަގްގެ ސިޔާސަތަކީ އެއްވެސް އެހެން ކެނޑިޑޭޓެއް ނުދައްކާ ވާހަކަތަކެއް ކަމަށާއި ޑްރަގް ހުއްޓުވުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ ޑްރަގް ހުއްޓުވަން އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އެއީ ކޮން ފިޔަވަޅުތަކެއްކަން އެއްވެސް ކެންޑިޑޭޓަކު ވިދާޅުވަމުން ނުގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. ދާންދޫ އަކީ މަސްވެރިކަމުގެ ރަށަކަށް ވުމާއިއެކު އެކުއާރކަލްޗާރގެ އިންޑަސްޓްރީ ފުޅާކޮށް އެހިދުމަތްވެސް މިރަށައްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެން މިއަދު އުމަރު ނަސީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫއަށެވެ. އެއަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅަށެވެ.