Friday, March 14, 2008

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު އުތުރުގެ މީހުން އުޅޭ އާބާދީގެ 1/3 އާބާދީއަށް ޒިޔާރަތްކުރައްވައިފި

14 މާރޗް 2008
ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއަކު އިންތިޚާބުކުރުމަށް މިއަހަރު ބޭއްވޭ އިންތިޚާބުގައި ވާދަކުރެއްވުމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއިން އިންތިޚާބުކޮށްފައިވާ ޕާޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރު ކުރިއަށް މިއޮތް ތިންމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ނިންމެވުމުގެ މަތިން ފުރަތަމަ މާލެއިން މަރުހަލާގައި އުތުރުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދަކީ 6 ވަނަދުވަހެވެ. ހިތްވަރާއި ސާބިތުކަމާއި އެކު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި މިއަދުގެ ނިޔަލަށް އުތުރުން ކުރެއްވުމަށް ހަމަޖެހިފައިވާ އާބާދީގެ 1/3 އެއްބަޔަށް މިހާރުވަނީ ޒިޔާރަތްކުރައްވާފައެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރުގެ މިދަތުރުފުޅަކީ މުޅިރާއްޖެ ދެނެގަތުމާއި ރައްޖޭގެ ރާއްޔިތުންނަށް ތައާރަފްވެވަޑައިގަތުމާއި، އެމަނިކުފާނާއި އެމަނިކުފާނުގެ މެނިސްފެސްޓޯއާއި ބެހޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވާ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކީވެސް އެބޭފުޅުކަށް އެމަޤާމަށް ވަޑައިގެންނެވޭއިރު ރާއްޖޭގެ ރައްޔިތުންނާއި ބައްދަލުކުރެވި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދާރީވެ ވަޑައިގަނެވިފައިވާ ޤައުމުގެ ހާލަތާއި ބެހޭގޮތުން ކުރެވޭ ކޮންމެ ސުވާލަކަށްވެސް ޖަވާބުދާރީވެ ވަޑައިގެންނެވޭ ވަރަށް ޤައުމުގެ ހާލަތު އެނގިވަޑައިގެންނެވިފައިވާ ބޭފުޅަކަށް ވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެވެ. މުޅިރާއްޖެއަށް ކުރައްވަން ނިންމެވި ޒިޔާރަތުގެ ބޭނުންފުޅަކީ މީކަމުގައި ޢުމަރު ރައްޔިތުންނާއި ދައްކަވަމުންގެންދަވާ ވާހަކަފުޅުގައި ޢުމަރު ވިދާޅުވެއެވެ.
ޢުމަރު ނަޞީރުގެ ވާހަކަފުޅުތަކުގައި ރިޔާސީ ކެންޑިޑޭޓުންވެސް އެބޭފުޅުންގެ މެނިފެސްޓޯއާއި އެކު ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށާއި، އަދި މިހުރިހާ ބޭފުޅުން އެއްތަނެއްގައި ޓީވީ ބަހުސްތަކުންވެސް ރައްޔިތުންނަށް ފެނުން އެކަށީގެންވާ ކަމަށާއި، މިފަހަރު ރައީސުލްޖުމުޙޫރިއްޔާއަކު ރައްޔިތުން ހޮއްވަވާއިރު އެބޭފުޅުންގެ މެނިފެސްޓޯއަށާއި ދައްކަވާފައިވާ ވާހަކަފުޅުތައް އަދި ބަހުސްތައް ބައްލަވާ ކޮންމެ ރައްޔިތަކުވެސް އެރައްޔިތެއްގެ ނަޒަރުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމަށް އެންމެ ރަނގަޅުކަމަށް ފެނިލައްވާ ބޭފުޅަކު ހިޔާރުކުރައްވާ ވޯޓްލެއްވުމަށް ވިދާޅުވަމުންގެންދަވައެވެ. ޢުމަރު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ މިފަހަރުގެ ރިޔާސީ ވޯޓް ވިއްކަވާ ނުލެއްވުމަށެވެ. ރިޔާސީ ވޯޓް ވިއްކަވާލެއްވުމަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވުންކަމުގައިވެސް ވިދާޅުވެއެވެ.
ޢުމަރުގެ ވާހަކަފުޅުތަކުގައި އެމަނިކުފާނު މެނިފެސްޓޯގައި ކުރައްވަން ކަނޑައެޅިފައިވާ ކަންތައްތަކަކީ ކަނޑައެޅިފައިވާ މުއްދަތުތަކުގައި ނުކުރެއްވޭވަރުގެ ކަންތައްތަކެއް ނޫންކަމަށާއި، އެކަމެއް ކުރައްވާނެ ގޮތަކާއި ބެހޭގޮތުން ރައްޔިތުންކުރައްވާ ކޮންމެ ސުވާލަކަށްވެސް ވަރަށް ސާބިތުކަމާއި އެކު ޖަވާބުދާރީވެވަޑައިގަންނަވަމުންގެންދަވައެވެ.
ހަތްދިހަފަސް ހާހަށް ވުރެގިނަ އާބާދީއެއް ހިމެނޭ މާލޭއިން އުތުރުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ވަރަށް ފުރިހަމައަށް ރޭވި، ކަނޑައެޅިފައިވާ ޝެޑިއުލެއްގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓާއި ވަފުދު ކޮންމެ ރަށަކަށް ވަޑައިގަތުމުގެ ކުރިން އައި.ޑީ.ޕީ މެމްބަރުންގެ 10 ބޭފުޅުން ހިމެނޭ އެޑްވާންސް ޓީމެއް އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ތައާރަފްކުރުމުގެ ގޮތުން ކެންޑިޑޭޓްގެ ޕޯސްޓަރާއި، މެނިސްފެސްޓޯއާއި، ބެޖާއި ތޮފި، އަދި ސްޓިކާފަދަ ތަކެތި ފޯރުކޮށްދެއެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ރައްޔިތުންނާއި ބައްދަލުކުރައްވާ ސަލާމްކުރައްވާ ވާހަކަފުޅުދައްކަވާ، ސުވާލުތަކަށް ޖަވާބުދެއްވާ، ވަޑައިގަންނަވަމުންގެންދަވަނީ ހޮޅުއަށިތަކުންނާއި، މަގުމަތިންނާއި، ގޯތިގެދޮރާއި، ޖޯލިފަތިތަކާއި، މިނޫންވެސް އާންމު މައިދާންތަކުގައެވެ.

ޢުމަރު ޒިޔާރަތްކުރައްވާ ރަށްތަކުގައި ދޮރުން ދޮރަށް ވަޑައިގަންނަވާވަނީ އައި.ޑީ.ޕީގެ މިވަފުދުގެ ޒިޔާރަތަށް ރަށުގައި ތައްޔާރުކުރެވިފައިވާ ޕިކަޕުގެ ކުރީގައި ހުންނަވައިގެންނެވެ. މިޕިކަޕަކީ ޤައުމީ ލަވާއާއި އެކު މިޒިޔާރަތުގެ މަޤްޞަދު ރައްޔިތުން ފޯރުކޮށްދޭ ޕިކަޕެވެ. މަގުމަތިންނާއި، ގޭގޭގެ ދޮރާށިމަތިން ބައްދަލުވާ އަންހެން އަދި ފިރިހެން ކުދިބޮޑު އެންމެނާއި، ހިނިތުންވުމާއި އެކު ވާހަކަދައްކަވާ ސަލާމްކުރައްވައެވެ.
ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބުގެ އެންމެ ބޮޑު ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއްނެތްކަމަށް މެނިފެސްޓޯގައި ވިދާޅުވެފައިވުމާއި، މިކަން މިގޮތަށް އޮންނާނެކަމުގެ ޔާގީންކަންދެއްވުމާއި، ޑްރަގާއި ބެހޭގޮތުން ވިދާޅުވެފައިވާ ވިދާޅުވުންތަކަށް ރައްޔިތުން ތާޢީދުކުރަމާއި، މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންތައްތަކާއި ބެހޭގޮތުން ރައްޔިތުން ކުރައްވާ ކޮންމެ ސުވާލަކަށް ރައްޔިތުންނަށް އޮޅުންފިލާނެހެން ޢުމަރު ޖަވާބުދާރީވެވަޑައިގަންނަވަމުންގެންދަވާތީވެ، ޢުމަރުގެ ޖަވާބުތަކަކީ ހިތްޕުޅުގެ އެންމެ އަޑިން ތެދުބަހުން ދެއްވާ ޖަވާބުތައްކަމުގައި ރައްޔިތުންނަށް ޤަބޫލުކުރެވޭތީއެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މާލެއިން އުތުރުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް 24 ދުވަހަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްގެ ދަށުން ކުރިއަށްދާނަމަ މިދަތުރު ނިންމަވާފަ މާލެވަޑަގަންނަވާނީ އޭޕްރިލްމަހުގެ 1 ވަނަ ދުވަހު އއ. ރަސްދޫއަށް ވަޑައިގަތުމަށްފަހުގައެވެ. އަދި ސުވާލުތަކަށް ޖަވާބުދެއްވައެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރުގެ ތާރީހީ ދަތުރުފުޅު ފެއްޓެވީ 2008 މާރޗް 9 ވަނަދުވަހު މާލެއިން ހިންމަފުއްޓަށް ކުރެއްވި ދަތުރުފުޅުންނެވެ. ޢުމަރު ރައީސްކަމަށް ވަޑަގެންފިނަމަ ހިއްމަފުއްޓަށްކުރެއްވި ދަތުރުފުޅުގެ ތާރީޚް ހިންމަފުށީގެ ތާރީޚްގައި އަގުހުރިދުވަހަކަށްވެގެންދާނެއެވެ. އަދި މާލެ އަތޮޅުގެ ތާރީހްގައިވެސް ފާހަގަކުރެވިގެންދާނެއެވެ.
ޢުމަރުގެ މިދަތުރުފުޅުގައި ދުވާލަކު 4 ރަށަށް ވަޑައިގަންނަވަމުން ގެންދަވައެވެ. އެވްރެޖްކޮށް ކޮންމެ ރަށެއްގައި 3 ގަޑިއިރު ހޭދަކުރައްވައެވެ. މިއަދާއި ހަމައަށް 27 ރަށަށްވަނީ ޒިޔާރަތްކުރައްވާފައެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓްގެ އަރިހުގައި ދަތުރުކުރައްވާ ވަފުދުގައި ޕާޓީގެ ނައިބުރައީސް މުޙައްމަދު ހަސަންމަނިކާއި، ޤައުމީ މަޖިލިސްގެ މެމްބަރުންނާއި، ޕާޓީގެ ސަރަހައްދުތަކުގެ ރައީސުންނާއި، ނައިބުރައީސުންގެ އިތުރުން އަމީން ޢާންމު އަބްދުﷲ ވަޙީދު ހިމެނިލައްވައެވެ. އަދި ޕާޓީގެ ލޮބުވެތި މެމްބަރުންގެ ތެރެއިން އެކި ރަށްރަށަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނިލައްވައެވެ.
އައި.ޑީ.ޕީގެ ރައީސް އަދި އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މިދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ އެއްދުވަސްކުރިން ދަތުރާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ދަރުބާރުގޭ 25 ގައި 2008 މާރޗް 8 ވަނަ ދުވަހު 9 ން 11 އަށް ނޫސްކޮފަރެންސެއްބޭއްވެވިއެވެ. މިނޫސްކޮންފަރެންސް އައި.ޑީ.ޕީއިން ސްޕޮންސަރކޮށްގެން ވަގުތުން ދިއެފް އެމް 92.2 ދުރަށްފޮނުވިއެވެ.

Sunday, March 9, 2008

މިހާރު އުމަރު ނަޞީރު ހުނެނެވީ ކ. ގާފަރުގައި

ކ.ގާފަރަށް އުމަރު ނަސީރު އާއި އައި.ޑީ.ޕީގެ ވަފްދު އަށް ދެވުނީ 09:59 ގައެވެ. މިހާރު އުމަރު ނަސީރު ގާފަރުގެ ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވުމަށްޓަކައި ދަނީ އެރަށުގެ މަގުތަކުގައި ހިނގަމުން އަދި ރަށު ރައްޔިތުންނާއި ބައްދަލުކުރަމުންނެވެ. އަދިގާފަރުގެ މިސްކިތް، ސްކޫލް، ރަށު އޮފީހާއި، ހޮސްޕިޓަލް / ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރާނެ ކަމަށް އައި.ޑީ.ޕީގެ ގޮވެލި ނޫހުގެ މުރާސިލް މައުލޫމާތު ދެއްވާފައިވެއެވެ.

މިއަދު (10.03.08) ހެދުނު 08:44 ގައި އައި.ޑީ.ޕީގެ ވަފްދު އާއި އެކު އުމަރު ނަސީރު ކ.ގާފަރަށް ދިއުމަށް ދަތުރު ފަށްޓަވައިފި

08:44 ގައި ކ.ދިއްފުށިން އައި.ޑީ.ޕީގެ ވަފްދު އާއި އެކު އުމަރު ނަސީރު ކ.ގާފަރަށް ދިއުމަށް ދަތުރު ފަށްޓަވައިފިއެވެ.

އައި.ޑީ.ޕީގެ ރައީސް މިހާރު ހުންނެވީ ކ.ތުލުސްދޫގައެވެ.

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެނެގަތުމާއި، ތައާރަފްވުމުގެ ގޮތުން ރާއްޖޭގެ އުތުރުގެ 98 ރަށަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިހާރު ހުންނެވީ ކ. ތުލުސްދޫގައެވެ. އައި.ޑީ.ޕީގެ ވަފުދު ކ. ތުލުސްދޫ އަށް ވަޑައިގަތީ މިއަދު މެންދުރު ފަހު 2:00 ގައެވެ. މިޒިޔާރަތުގައި އެންމެ ފުރަތަމަ އޮތީ އައި.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަޞީރުގެ ސިޔާސަތާއި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާއި ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދިނުމެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ތުލުސްދޫގެ ރައްޔިތުން ކުރައްވާފައިވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، އަތޮޅުތަކާއި، ރަށްތަށް ހިންގާނެ ގޮތާއި، އިސްލާމްދީން ހިމާޔަތްކުރުމުގެ މައްޗަށެެވެ. މިގޮތުން މިވަގުތު މިވަފުދާއި އެކު ހަރަކާތްތެރިވަމުންދާ ގޮވެލި ނޫހުގެ މުރާސިލް ހާމަކުރެއްވިގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މިވަގުތު ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ތުލުސްދޫގެ ރައްޔިތުން ފާހަގަކުރެއްވިއެވެ. އަދި އުމަރު ނަޞީރުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް "މަރުގެ" އަދަބު ދިނުމާއި، ބޭނުނުންކުރާ މީހުންނަށް ފަރުވާދިނުމާއި ބެހޭގޮތުން ވެސް ސުވާލުކުރެވުނެވެ.

ކ.ތުލުސްދޫ ރައްޔިތުންގެ ސުވާލުތަކަށް އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޖަވާބުދެއްވައިފި ...

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެނެގަތުމާއި، ތައާރަފްވުމުގެ ގޮތުން ރާއްޖޭގެ އުތުރުގެ 98 ރަށަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިހާރު ހުންނެވީ ކ. ތުލުސްދޫގައެވެ. އައި.ޑީ.ޕީގެ ވަފުދު ކ. ތުލުސްދޫ އަށް ވަޑައިގަތީ މިއަދު މެންދުރު ފަހު 2:00 ގައެވެ. މިޒިޔާރަތުގައި އެންމެ ފުރަތަމަ އޮތީ އައި.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަޞީރުގެ ސިޔާސަތާއި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާއި ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދިނުމެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ތުލުސްދޫގެ ރައްޔިތުން ކުރައްވާފައިވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، އަތޮޅުތަކާއި، ރަށްތަށް ހިންގާނެ ގޮތާއި، އިސްލާމްދީން ހިމާޔަތްކުރުމުގެ މައްޗަށެެވެ. މިގޮތުން މިވަގުތު މިވަފުދާއި އެކު ހަރަކާތްތެރިވަމުންދާ ގޮވެލި ނޫހުގެ މުރާސިލް ހާމަކުރެއްވިގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މިވަގުތު ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ތުލުސްދޫގެ ރައްޔިތުން ފާހަގަކުރެއްވިއެވެ. އަދި އުމަރު ނަޞީރުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް "މަރުގެ" އަދަބު ދިނުމާއި، ބޭނުނުންކުރާ މީހުންނަށް ފަރުވާދިނުމާއި ބެހޭގޮތުން ވެސް ސުވާލުކުރެވުނެވެ.

މިދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އުމަރު ނަޞީރު ވިދާޅުވެފައިވަނީ " އަޅުގަނޑު ވަރަށް ސާބިތުކަމާއި ހިތްވަރާއި ކެރުމާއި އެކު މިދަންނަވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް އައި.ޑީ.ޕީގެ ސަރުކާރެއްގައި ދޭނީ މަރުގެ އަދަބު، އަދި މަސްތުވާ ތަކެތި ވިއްކާ، މީހުން އެންމެ މަދުވެގެން 10 އަހަރު ދުވަހު ޖަލުގައި ހޭދަކުރަންޖެހޭނެ، އަދި އެފަދަ މީހުންގެ މުދާ ސަރުކާރަށް ހިފާ އެމުދާ ވިއްކައިގެން ލިބޭ ފައިސާއިން ރެހިބިލިޓޭޝަނަށް ހަރަދުކުރެވޭނެ، އަދި މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ރުހުނަސް އަދި ނުރުހުނަސް އެބައިމީހުންނަށް ރެހިބިލިޓޭޝަން މަޖުބޫރުވާނެ." މިއީ އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ އަދި މިނޫން ގޮތަކަށް މިއަދު ދިމާވެފައިމިވާ މަސްތުވާ ތަކެތީގެ ނުރައްކާ ހައްލުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ފަރުވާ އިތުރުކުރެވިދާނެ، ޖަލުތަކުގެ ޖާގަވެސް އިތުރުކުރެވިދާނެ، އެކަމަކު ދައުލަތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަ ދާނީ ބޮޑުވަމުން އިތުރުވަމުން. އެހެންކަމުން އައި.ޑީ.ޕީގެ ވެރިކަމެއްގައި އަޅުގަނޑު މިހާމަކުރި ސިޔާސަތު ތަންފީޒުކުރުމަށް ފަސްނުޖެހޭނެކަން ސާބިތުކަމާއި އެކު ދަންނަވަން."

އެއަށްފަހު ދެން ހުށަހެޅުނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތަށް ހިންގުމާއި ބެހޭގޮތުންނެވެ. މިގޮތުން އުމަރު ނަޞީރު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ އަތޮޅުތަކާއި ރަށްތައް ހިންގާނީ މިހާރުވެސް ހިންގާ އުސޫލުންތޯ ސުވާލުކުރެވުނެވެ. މިސުވާލަށް ޖަވާބުދެއްވަމުން އުމަރު ނަޞީރު ވިދާޅުވެފައިވަނީ، އައި.ޑީ.ޕީ ގެ ވެރިކަމެއްގައި ރާއްޖޭގެ ރަށްތަކައި އަތޮޅުތަށް ހިންގާނީ ލާމަރުކަޒީ އުސޫލުން، މިހާރު އިސްލާހުކުރެވެމުންދާ ޤާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުން އިންތިޙާބުކުރާ ބަޔަކު އެރަށެއްގެ ރަށުކައުންސިލާ އަދި އަތޮޅު ކައުންސިލާއި އަދި އެތޮޅުތައް ހިންގުމުގައި ވެސް ތިބޭނެ ގޮތަކަށެވެ. މިގޮތުން އައި،ޑީ،ޕީގެ ސަރުކާރެއްގައި ލޯކަލް ގަވަރނަންސް ޤާއިމްކުރެވޭނެކަމަށެވެ.

ދެން ހުށަހެޅުނު މައިގަނޑު އަނެއް ސުވާލަކީ އިސްލާމްދީން ހިމާޔަތްކުރުމާއި ބެހޭގޮތުންނެވެ. މިގިތުން ތުލުސްދޫގެ ރައްޔިތުން ކުރެއްވި ސުވާލުގައި އުމަރު ނަޞީރުގެ ސަރުކާރެއްގައި އިސްލާމްދީން ނޫން އެހެން ދީނެއް އައުމުގެ ފުރުޞަތު އޮންނާނެތޯ ސުވާލުކުރެވުނެވެ. މިސުވާލަށް ޖަވާބުދެއްވަމުން އުމަރު ނަޞީރު ވިދާޅުވެފައިވަނީ އައި.ޑީ.ޕީގެ މަޤުޞަދަކީވެސް މިޤައުމަށް އިސްލާމްދީން ނޫން އެހެން ދީނެއް އަޔަނުދިނުންކަމުގައެވެ. މިގޮތުން މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ދީން ހިމާޔަތްކުރަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. އައި،ޑީ.ޕީ ސަރުކާރެއްގައި ރައްޔިތުންނަށް ދީނުގައި އޮންނަ ރަނގަޅު މަގު އަންގައިދިނުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީ ވުމަށްފަހު ދެންވަޑައިގަތީ ރަށުގެ މަގުތަކުގައި ހިންގަވާ ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުވާ ، ތަޢާރަފްވެ ދެނެގަތުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކުރުމަށެވެ. މިކަންތައްތަކަށްފަހު ދެން ވަޑައިގަތީ ކ. ތުލުސްދޫގައި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިގެން ބަދަލުވެފައިވާ ދ. ރިނބިދޫ ރައްޔިތުންނާއި ބައްދަލުކުރަމަށްޓަކައި އެބޭފުޅުން އުޅުއްވާ ޓެންޓްތަކަށެވެ.

މިދަތުރުފުޅުގައި ދެން އައި.ޑީ.ޕީގެ ވަފުދުގެ ބޭފުޅުން ވަޑައިގަންނަވާނީ ކ. ދިއްފުއްޓަށެވެ. ދިއްފުއްޓަށް ދެވޭނެކަމަށް ލަފާކުރެވޭ ގަޑިއަކީ މިއަދު ހަވީރު 5.00 ގައެވެ. މިފުރުޞަތުގައި ކ. ތުލުސްދޫގެ ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މެހުމާންދާރީ އަށްޓަކައި އައި،ޑީ،ޕީގެ އެންމެހައި މެމްބަރުންނާއި، ޕާޓީ ރަޢީސް އަލްފާޟިލް އުމަރު ނަޞީރު އިޚްލާސްތެރިކަމާއި އެކު ޝުކުރުދަންނަވައެވެ. ކ. ތުލުސްދޫއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަންނަވާ ދިއްފުއްޓަކީ އައި.ޑީ.ޕީ ގެ ވަފުދު މިދަތުރުގައި މިއަދު 09 މާރޗް 2008 އާދީއްތަ ދުވަހު ވަޑައިގަންނަވާނެ އެންމެ ފަހު މަންޒިލެވެ. އައި،ޑީ.ޕީގެ ވަފުދު މިރޭ މަޑުކުރައްވާނީ ކ. ދިއްފުށީގައެވެ.

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައްޔިތުންނަށް ތަޢާރަފްވުމުގެ ދަތުރުގައި މިހާރު އުޅުއްވަނީ ކ. ހުރާގައި ..

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަލްފާޟިލް އުމަރު ނަޞީރު މިހާރު ވަޑައިގެން އުޅުއްވަނީ ކ. ހުރާގައެވެ. މިދަތުރުފުޅުގައި ހުރާ އަކީ ދެވަނަ މަންޒިލެވެ. ކ. ހުރާގައި ގޮވެލި ނޫހުގެ މުރާސިލް މައުލޫމާތު ދެއްވާގޮތުގައި މިހާރު އައި.ޑީ.ޕީ ގެ ވަފުދު ގެންދަވަނީ ރަށުގެ މުޙިއްމު ތަންތަނަށް ޒިޔާރަތްކޮށް އަދި ހަމަޖެހިފައިވާ އުސޫލުން ރަށުގެ މަގުތަކުގައި ރައްޔިތުންނާއި ބައްދަލުކުރުމާއި، އަދި އާންމު ބައެއް ތަންތާގައި ތަގްރީރުކުރެއްވުމާއި، ރައްޔިތުން އަލްފާޟިލް އުމަރު ނަޞީރުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާއި، އަދި އެމަނިކުފާނުގެ ސިޔާސަތު ތަކާއި ބެހޭ ގޮތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމެވެ. މިދަތުރުފުޅުގައި ކ. ހުރާގެ ރައްޔިތުން ވިދާޅުވި މަރުޙަބާ އާއި ބެހެއްޓެވި މެހުމާންދާރީއަށްޓަކައިއަދި ދެއްކެވި ރިވެތި ނަމޫނާއަށް ޕާޓީގެ ހުރިހާ މެމްބަރުންނާއި އަދި ޤައުމީ މަޖިލީހާއި، ޕާޓީގެ ރައީސް އަލްފާޟިލް އުމަރު ނަޞީރު ޝުކުރުދަންނަވައެވެ. ކ. ހުރާއިން އައި.ޑީ.ޕީގެ ވަފުދު ދިއުމަށް ހަމަޖެހިފައިވަނީ ތުލުސްދޫއަށެވެ. ތުލުސްދޫއަށް ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހު 2:00

Saturday, March 8, 2008

އައި.ޑީ.ޕީ ގެ ވަފުދު ކ. ހުރައަށް މިއަދު 11 ޖަހާއިރު ދެވޭނެކަމަށް ލަފާކުރެވޭ.. ކ.ހިންމަފުށިން އެކަށީގެންވާ ރަނގަޅު ތަރުޙީބެއް ލިބެމުން އެބަދޭ..

އައި.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަޞީރު އުތުރުގެ އަތޮޅުތަކަށް ތައާރަފްވުމާއި ދެނެގަތުމުގެ ގޮތުން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާރު ހުންނެވީ ކ. ހިންމަފުށީގައެވެ. ކ. ހިންމަފުށިން އައި.ޑީ.ޕީގެ ގޮވެލި ނޫހުގެ މުރާސިލް މަޢުލޫމާތުދެއްވާ ގޮތުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލެއްވުން ވަރަށް ރަނގަޅަށް ލިބެމުންދާކަމަށެވެ. އަދި ހިންމަފުށީގެ ރައްޔިތުން އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދި ވަފުދަށް ވަރަށް ހޫނު މަރުޙަބާ އެއް ކިޔާފައިވާ ކަމަށެވެ. އަދި މިދަތުރުފުޅުގެ ހިންމަފުށީގެ ސަރުކާރު މުއްސަސާތަކާއި، އަދިވެސް ބައެއް އެހެނިހެން މުޙިއްމު ތަންތަނަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ހާލު އަހުވާލު އޮޅުންފިލުއްވާ ތައާރަފް ވުމުގެ ގޮތުން ވާހަކަފުޅު ދައްކަވައިފައިވެއެވެ. އަދި ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. އައި.ޑީ.ޕީގެ ވަފުދު ހިންމަފުށިން ހުރައަށް ދިއުމަށް ފުރާނީ 10.45 ގައެވެ.