އައިޑީޕީގެސަރުކާރެއްގައި، މަގުމަތީގައި މަސްތުވާ ތަކެތި ވިއްކާ މީހުންގެ ގެދޮރު ސަރުކާރަށް ނަގައި ، އެބިންތައް ވިއްކައި އެއިން ލިބޭ ފައިސާ ހޭދަކުރަން ހަމަޖެހިފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ރިހެބިލިޓޭޝަނަށް ކަމަށް އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. ޢުމަރު މިހެން ވިދާޅުވީ، ދާރުބާރުގައި ހުންނަ "ފަންސަވީސް" ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށްޖަވާބުދެއްވަމުންނެވެ.
އަމަލުވާ އެއްޗެތީގެ ސަބަބުން މުޅި ދިވެހިރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މިވަބާ މިވަނީ ފެތުރިފައި ކަމަށް އުމަރު ވިދާޅުވިއެވެ. އަމަލުވާ އެއްޗެތީގެ ސަބަބުން ކުށްކުރުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި، ފާހިޝް އަމަލުތައް އިތުރުވެ، ޖަލުތައް ދަނީ ފުރެމުންކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. ރާއްޖޭގައި ހިނގާ ކޮންމެ ނުބައިކަމަކާ އަމަލުވާ އެއްޗެއްސާ ވަނީ ގުޅިލާމެހިފައިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ދުނިޔޭގެ އެތަށް ޤައުމެއްގައި ޑްރަގް އެތެރެކުރާމީހުނަށް ދެވެނީ މަރުގެ އަދަބުކަން ޢުމަރު ފާހަގަކުރެއްވިއެވެ. އަމަލުވާ އެއްޗެތީގެ ވަބާ ދިވެހި ރާއްޖެއިން ފޮހެލައި، މިކަމުން ޤައުމު ސަލާމަތް ކުރުމަށްޓަކައި އައި.ޑީ.ޕީގެ ވެރިކަމެއްގައި ކުރާނީ ކޮންކަމެއްތޯ ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޢުމަރު ވިދާޅުވީ " އައިޑީޕީގެ ވެރިކަމުގައި ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭނެ. އެކަމަކު މިހާރު ރާއްޖޭން މިވަނީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާއެއްގައި ސޮއިކޮށްފައި. އޭގަ އޮންނާނެ މަރުގެ އަދަބު ނުދެވޭނެކަމަށް. ނަމަވެސް އަޅުގަނޑު ވެރިކަމަށް އަރައި، އެމުއާހަދާއިން ވަކިވާނަން. ދެން މަސްތުވާ ތަކެތި ބެނުންކުރާ މީހުން ރުހުނަސް ނުރުހުނަށް ރިހެބިލިޓޭޝަންގެ ފަރުވާ ދެވޭނެ" ކަމަށެވެ.
ޢުމަރު ވަނީ އަމަލުވާ އެއްޗެތި ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅު ސާބިތުކަމާއެކު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އެންމެބޮޑު މިސާލަކީ ޑްރަގް އެތެރެކުރާމީހުންނަށް މަރުގެ އަދަބު ދޭނެކަމަށް ޢުމަރު ނިންމެވުމެވެ. އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު މެނިފެސްޓޯގައި މިކަމާ ބެހޭގޮތުން 11 ޕޮއިންޓެއް އެކުލަވާ ލަވާލާފައިވެއެވެ. އެއީ ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުން، ޑްރަގް ވިއްކާ މީހުން މަދުވެެގެން 10 އަހަރު ޖަލަށް ލުމާއި އަދި އެމީހުންގެ ގެދޮރާއި މުދާ ސަރުކާރަށް ނެގުން، މުސްތަޤިއްލު ލެބޯޓްރީއަކުން ކުރާ ޓެސްޓަކުން މީހަކު ޑްރަގް ބޭނުންކޮށްގެން ހުރިކަމަށް ދައްކައިފިނަމަ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް ރިހެބިލިޓޭޝަންގެ ފަރުވާއަށް އެމީހަކު ދިއުމަށް މަޖުބޫރު ކުރުވުން، ފުލުހުންނާއި ކަސްޓަމްސްގެ މަސައްކަތުގައި ފުޅާ ދާއިރާއެއްގައި ކުއްތާ ބޭނުން ކުރުން، އަމަަލުވާ އެއްޗެއްސަށް ދެވިހިފުމުގެ ސަބަބުން މުޖްތަމަޢުގައި ނޫޅެވޭ ވަރަށް ހަލާކުވެގޮސް ޚާއްސައެހީއަށް ބޭނުންވާ މީހުން މުޖުތަމަޢުން އެކަހެރިކޮށް، އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ވަކިރަށެއް ޤާއިމްކޮށް އަނބުރާ ނާދެވޭގޮތަށް އެރަށުގައި އެފަދަ މީހުން ބައިތިއްބައިގެން ބެލެހެއްޓުމާއި، ކަސްޓަމްސްގެ އަދި ފުލުހުންގެ ކޮންމެ މީހަކީ އަމަލުވާ އެއްޗެއްސާ ބެހޭ ދާއިރާއިން މަދުވެގެން 30 ގަޑިއިރުގެ ތަމްރީން ދެވޭމީހެއްކަމުގައި ވުމާއި، އަހަރަކު އެއްފަހަރު އިތުރު 6 ގަޑިއިރުގެ ރިފްރެޝަރ ތަމްރީން ދިނުން، ވަކިފޮށްޓަކީ ނުވަތަ ވަކި ފަރާތެއްގެ މުދަލަކީ ކުއްތާ ބޭނުންކޮށްގެން ފާސްނުކުރާ އެއްޗެއްކަމުގައި ވިޔަނުދިނުން އަދި ސަރުކާރުގެ ހުރިހާ ވެރިންގެ ފޮށިތަށްވެސް ބަލާފާސްކުރުން މަޖުބޫރު ކުރުން ހިމެނެއެވެ.
އަދި މީގެއިތުރުންވެސް ޑްރަގް ދެނެގަތުމަށްޓަކައި ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެމަތީ ފެންވަރުގެ ތަކެތި ފުލުހުން ނަށާއި ކަސްޓަމްސްއަށް ހޯދައިދިނުން އަދި ހަށިގަޑުގެ ތެރޭގައި ޑްރަގް ފޮރިވައިގެން ގެންނަ ފަރާތްތައް ދެނެގަންނަ ތަކެތި ރާއްޖޭގެ ހުރިހާ ބަނަދަރެއްގައި ޤާއިމް ކުރުމާއި، ނެޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަކީ ހަރުދަނާ ޚިދުމަތްތަކެއްދޭ ކަމާބެހޭ ދާއިރާއިން ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން އިސްވެރިންގެ ގޮތުގައި ތިއްބަވާ، ފަރުވާހޯދަންދާ މީހުންނާއި އެމީހުންގެ މައިންބަފައިންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމާއި، އަދި ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުމަކީ އަމަލު ވާއެއްޗެތި ބޭނުންކުރަން ފެށުމަށް ހުޅުވޭ ދޮރަކަށް ވާތީ، ކުޑަކުދިންް ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކުރުމަށްޓަކައި ކުޑަކުދިންނަށް ސިނގިރެޓް ވިއްކާ ފަރާތްތަށް ޖުރިމަނާ ކުރުންވެސް ހިމެނެއެވެ.
އުމަރު ވިދާޅުވީ މިހާތަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް "ހަރުކަށި އަދަބު" ދޭނެކަމަށް ވިދާޅުވެފައިވީނަމަވެސް އެއީ ކޮންކަހަލަ ހަރުކަށި އަދަބެއްކަމެއް ވިދާޅުނުވާކަމަށެވެ. ނަމަވެސް އައިޑީޕީއިން މިއޮތީ އައިޑީޕީގެ ސަރުކާރެއްގައި ދޭނެ ހަރުކަށި އަދަބު ސާބިތުކަމާއެކު ހާމަކޮށްފައިކަމަށް އުމަރު ވިދާޅުވިއެވެ.
މަސްތުވާތެކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނޭކަމަށް ޢުމަރު މީގެކުރިންވެސް ވިދާޅުވެފައިވެއެވެ. އެފަހަރު އެެހެން ވިދާޅުވުމުން ސިޔާސީ އިދިކޮޅު ވަރަށްގިނަ ބަޔަކު ޢުމަރު ނަސީރަށް ފާޑުކިޔާފައިވެއެވެ. ލަފާކުރެވޭގޮތުގައި އިންސާނީ ޙައްޤުތަކާބެހޭ މުއާޙަދާއިން ވަކިވާނެކަމަށް ޢުމަރު ނަސީރު ވިދާޅުވި މައްސަލަ ވަރަށް ހޫނުވާނެއެވެ