Saturday, March 8, 2008

ހާމަ ނޫހުން އައި.ޑީ.ޕީ ގެ ޑްރަގް ސިޔާސަތު ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަނީ

2008 މާރޗް 8 ވަނަ ދުވަހުގެ ހާމަ ނޫހުގައި "މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހުންގެ ގެދޮރު ވިއްކާލާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ

މިސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްގައި "މަސްތުވާތެކެތި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭނޭކަމަށް ޢުމަރު މީގެކުރިންވެސް ވިދާޅުވެފައިވާ ކަމަށް ލިޔެފައި އެވަނީ މިނިވަން ނޫސް ވެރިކަމެއްގެ ހަމަ ތަކާއި އުސޫލް ތަކާއި ޚިލާފަށްކަން ފާހަގަ ކުރަމެވެ. މީގެ ކުރިންވެސް ހާމަ ދުވަހު ނޫހުގައި ރައްޔިތުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް މި ޕާޓީން ގެންގުޅޭ މަސްތުވާ ތަަކެއްޗާއި ބެހޭ ސިޔާސަތާ ބެހޭ މައުލޫމާތު ރަގަޅަށް އޮޅުން ނުފިލުވާ ހާމަކުރުމުން އެކަންވާނީ ހާމަ ދުވަހު ނޫހުގެ އެޑިޓަރަށް ދަންނަވާފައެވެ.

ތަފާތު އެތައް މުނާސަބުތުގައި މިޕާޓީގެ ރައީސް ވިދާޅުވެފައި ވާނީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭނެ ވާހަަކަ އެވެ. އަދި މިސިޔާސަތު މިއަދު 2008 މާރޗް 08 ވަނަ ދުވަހު ދަރުބާރުގޭ 25 ގައި ބޭއްވި ނޫސް ކޮންފަރެންސްގައިވެސް ވަނީ ނޫސް ވެރިންނަަށް ސާފުކޮށް ދެއްވާފައެވެ. މިބައްދަލުވުމަށް ހާމަ ނޫހުގެ ރިޕޯޓަރުންވެސް ވަޑައިގެންނެވި ކަން ފާހަގަ ކޮށްލަމެވެ.

އެހެން ކަމުންތަކުރާރުކޮށް މިޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ހާމަ ކުރަމުން ގެންދާ ގެންދިއުން ވަރަށް ހަރުކަށިކޮށް ކުއްވެރި ކުރަމެވެ.

މުހައްމަދު ހަސަން މަނިކު

ނައިބު ރައީސް